
ކ. ކާށިދޫ ފަރަށް އަރައިފައިވާ އެސްޓީއޯގެ ތެޔޮބާޖު "މާތޮޅި" މިއަދު ފުން ކޮށްފިއެވެ. ބާޖު ފުންކުރެވިފައިވަނީ އެމްއެންޑީއެފްއާއި އެސްޓީއޯ ގުޅިގެން ކުރި މަސައްކަތުންނެވެ. ބާޖު ފުންކުރެވިފައިވަނީ މިއަދު 11:22 އެހައިންކަންހާރު ކަމަށް އެމްއެންޑީއެފުން ވިދާވިއެވެ.
ބާޖު ފުންކުރެވުނުއިރު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ކަނޑަށް ތެޔޮ ލީކުވެފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ބާޖު ފަރަށް އެރީ މިމަހު 29 ވަނަ ދުވަހު އިރު އޮއްސި 6:20 އެހައިކަންހާއިރު އެވެ. ފަރަށްއެރި އިރު އޭގައި އެއްލަކައް އަށްޑިހަ ހާސް ލިޓަރުގެ ތެލާއި ގިނަ ޢަދަދަކަށް ޕެޓްރޯލް ވެސް ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ ކާށީދޫ އިންޖީނުގެއަށް ގެންދިޔަ ތެލެވެ. ބޯޓު ފަރަށްއެރިއިރު އޭގައި 6 މީހުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.