
އެމްޓީސީސީގެ ބަސް ޑްރައިވަރުން އެއްގަމު ދަތުރާ ބެހޭ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ޕްރްގްރާމެއް މިއަދު ފަށައިފިއެވެ.
ޖުމްލަ 60 ޑްރައިވަރުންނާއެކު ފެށި މި ޕްރޮގްރާމަކީ އެމްޓީސީސީން އިސްނަންގަވައިގެން ފުލުހުންނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުކުރުމުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރި ކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވާނެއެވެ.
އެމްޓީސީ ބަސް ޑްރައިވަރަކު ނިދިފައި އިނދެގެން ދުއްވި ބަހަކުން ޖެހޭ ރާއްޖެއަށް އައިސްއުޅުނު ޔޫކްރައިންގެ އަންހެން ފަތުރުވެރިއަކު ވަނީ ވަރަށް ފަހުން ނިޔާވެފައެވެ. އަދި އެހެން ޑްރައިވަރަކު ނިދި ޖެހިފައި އިނދެގެން ބަސްދުއްވުމުން ވަނީ އެކްސިޑެންޓް ވެފައެވެ. މިކަމުގެ ސަބަބުން އެމްޓީސީއަށް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ތިއެއްނޫން ހިންގަންވީ. ނިދަންވީ ވަގުތާ، ނުނިދަންވީ ވަގުތު ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގަންވީ.