މެގަން މާކެލް ފިރިހެން ބޭފުޅަކާއިގެން ރައްކައުވެ ވަޑައިގެންފި

އިނގިރޭސި ވަލީ އަޙުދު، ޕްރިންސް ހެރީގެ އަނބިކަނބަލުން މެގަން މާކެލް ފިރިހެން ބޭފުޅަކާގެން ރައްކައުވެ ވަޑައިގެންފިއެވެ. މެގަންއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިކަން އެންމެ ފުރަތަމަ އިއުލާން ކުރައްވާފައިވަނީ ހެރީ އާއި މެގަންގެ ރަސްމީ އިންސްޓެގްރާމް އެކައުންޓު މެދުވެރިކޮށެވެ. އޭގެ ފަހުން ޝާހީ އާއިލާގެ ރަސްމީ އެކައުޓުން ވެސް މި ޚަބަރު އާއްމުކުރައްވާފައިއެވެ. 

އިނސްޓެގްރާމް ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި މެގަން ރައްކައުވެ ވަޑައިގެންނެވީ އިނިގރޭސި ވިލާތުގެ ގަޑިން މިއަދު ހެނދުނު 5:26 ގައެވެ. އަދި ދެމައިންގެ ޙާލު ރަނގަޅު ކަމަށް ވިދާޅުވެފައިވެއެވެ. އިތުުރު ތަފްޞީލު ފަހުން ހަމަކުރައްވާނެ ކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އުމުރުން 37 އަހަރުގެ މެގަން އާލާސްވެ އިންނެވިކަން އިއުލާން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ހެރީ އާއި މެގަންގެ ފުރަތަމަ ބޭފުޅާއަށް ދެއްވާނެ ނަމެއް އަދި އާއްމުކުރައްވާފައެއް ނުވެއެވެ. ފިރިހެން ބޭފުޅެއް ނަމަ އަރތަރ ނުވަތަ ޖޭމްސް ގެ ނަންދެއް އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހެރީ އާއި މެގަން ވަނީ އެބޭފުޅުންގެ ފުރަތަމަ ބޭފުޅާ ރައްކައުވުމާ ގުޅޭ މައުލޫމާތު އާއްމުކުރައްވަން ބޭނުންފުޅު ނޫންނަކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެދުވަސް އާއްމުންނާ ހަމައަށް ގެނެސްދިނުމަށް ޕަޕަރާޒީން ޑިޔުޓީ ބަހައިގެން ފާރަވެރިވަމުން ގޮްސްފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.