
ފަސް މީހުންނާއެކު ރ. އިފުރަށް ދަތުރުކުރި ޑިންގީއެއް ފަޅައިގެން ހިނގައްޖެއެވެ. ޑިންޑީ ފަޅައިން ދިޔައީ ޖެހިރާޅެއްގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އޭގައި ދަތުރު ކުރި މީހުންނާއި ޑިންގީ ދޯންޏެއްގެ ކަފުޖަހައިގެން އަލިފުށްޓަށް ދަތުރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޑިންގީ ފަޅައިގެން ގޮސްފައިވަނީ ރ. ވާދުއާ ދިމާ ބޭރުންނެވެ. މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން ށ. ކޮމަންޑޫގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ރައްޔިތުން ގުޅިގެން ދޯންޏެއްގައި ނުކުމެވަނީ ޑިންގީން ދަތުރުކުރި 5 މީހުން އެއަށްނަގައިފައެވެ. ޑިންގީ ކަފުޖަހައިގެން އަލިފުށްޓަށް ގެންދަނީ ވެސް އެ ދޯނިންނެވެ.
ޑިންގީގައި ދަތުރުކުރި 5 މީހުންނަކީ ވެސް ދިވެހިންނެވެ. އެމީހުން އިފުރަށްދާން އުޅުނީ ކީއްކުރަން ކަމެއް އެނގިފައެއް ނުވެއެވެ. މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:30 އެހައިކަންހާއިރުއެވެ.