ފަރަށްއެރި ބޯޓުގައި މީހަކުނެތް، ބަނޑުފިލައިން ތަނެއްނެއްޓި ބޯޓުދަނީ ދިޔަވަމުން:އެމްއެންޑީއެފް

ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް ރޭ އަރައިފައިވާ މަސްބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ބޯޓުފަރަށް އަރައިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމުން ގދ. ކާޑެއްދޫގައި ހަރަކާތްތެރިވާ ސިފައިންވަނީ އެބޯޓުއޮތް ސަރަހައްދަށްގޮސް ބޯޓަށް އަރައި ބަލައިފައެވެ. އެއަށް އަރައި ބެލިއިރު އޭގައި އެއްވެސް ބަޔަކު ނެތްކަމަށާއި ބޯޓުގެ ބަނޑުފިލައިން ތިންފޫޓެއްހާވަރުގެ ތަންގަނޑެއް ނެއްޓި ބޯޓު ދަނީ ދިޔަވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

"ކޯސްޓްގާޑު ހާބަރކްރާފްޓް އެ ސަރަޙައްދަށް ގޮސް، ބެލިބެލުމުގައި އެ ބޯޓުގައި އެއްވެސް މީހަކު ނެތް. އަދި ބޯޓުގެ އަޑިން ތިން ފޫޓްވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް އެ ބޯޓަށް ދަނީ ދިޔަވަމުން،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެ ބޯޓަކީ ކޮންފަރާތަކުން ރަޖިސްޓްރީކޮށްގެން ދުއްވާ ބޯޓެއްތޯ ބެލުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.