
މާލޭ ދެކުނު ފަރާތު ނެރަށް މިއަދުއެރި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ލޯޗު ނެރަށް އަރައިފައިވަނީ މިއަދު ހެނދުނު 7:12 އެހައިކަންހާ އިރު ކަމަށެވެ.
ނެރަށް އަރައިފައިވަނީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެކެވެ. ނެރަށް އަރައި ލޯންޗު ހަލާކުވުމުން އޭގެ ބައެއް ސާމާނު މިހާރު އޮޔާ ދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިލޯންޗު ނެރަށް އަރައިފައިވަނީ 17 މީހުންނާ އެކު ނެރުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން މިހާރު ގެންދަނީ ހާދިސާ ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.