
އައްޑޫސިޓީ ފަޅުރަށެއް ކަމަށްވާ ކަނޑިހެރާއަށް ސްނޯކްލިންއަށްދިޔަ ފަތުރުވެރިއެއްގެ މެޔަށް ތަދެއް އަރައިގެން ފޭދޫ އައްސިއްހީމަރުކަޒަށް ގެންގޮސްފިއެވެ.
އޭނާ ސިއްހީމަރުކަޒަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސަދަންއޭރިއާގެ ކޯސްޓްގާޑު ސިފައިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމައުލޫމާތު ލިބުނީ މިއަދު 1:50 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފޭދޫ ސިއްހީމަރުކަޒަށް ގެންގޮސްފައިވަނީ މިއަދު 2:30 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މީހާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ކަނޑިހެރާއަކީ ފަތުރުވެރިން ހިތްޖައްސާލުމަށްޓަކައި ވަރަށްގިނައިން ގޮސްއުޅޭ ކުޑަކުޑަ ރަށެކެވެ.