
ހދ. ނޮޅިވަރަންފަރުގައި 60 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
މިއީ ނޮޅިވަރަންފަރަށް ހިޖުރަ ކޮށްފައިވާ އާއިލާތަކުގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްނުދެވިފައިނުވާ އާއިލާތަކަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާ މަޝްރޫޢެކެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގް އާއި މާރިސް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދަވާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏަކުންނެވެ.
މި އެއްބަސްވުމުގައި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ޙިލްމީއެވެ. މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޚާލިސް ޝަރީފެވެ.
މި މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރެވެ.
އަނެއްކާ ރުއްގަސް ތައް ހަލާކު ކޮށް ނައްތާލަންދޯ މިހާރު ވެސް ރަށަށް ވީ ގެއްލުން ކުޑަ ކަމަށް....އަޅަން ފެށިތަން ހަދާބަލަ...