ޞިއްޙީ ދާއިރާގައި ގޮންޖެހުންތައް އެބަހުރި، ޙައްލު ކުރަންޖެހޭ: މިނިސްޓަރ

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަންކަން ޙައްލުކޮށް އަރައިގަންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މިއަދު ވީދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން މިނިސްޓަރ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން ޞިއްޙީ ދާއިރާއަށް އިހުމާލުވެފައިވާ މިންވަރު ވަރަށް ބޮޑަށް ފެނިވަޑައިގެންނެވި ކަމަށެވެ. އެކަންކަން ހުރީ ކަންބޮޑުވާ ދަރަޖައިގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގޮންޖެހުންތަކަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވައި އެކަންކަން މި ސަރުކާރުން ޙައްލު ކޮށްދެއްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ ރަށްރަށުގައި ރަނގަޅު ވަސީލަތްތަކާއި މީހުންނާއި ހުރިހާ އިންތިޒާމްތަކަށް ވެސް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރަށް އެމްބިޔުލާންސް ނެތުމާއި، ޑޮކްޓަރުން ހަމަނުވުމާއި ޢިމާރާތުގެ ދަތިކަމާއި އަދި ވެސް އެތައް ކަމެއް ރަނގަޅު ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އެކަންކަން ރަނގަޅު ނުކޮށް ރައްޔިތުންނަށް އެކަށީގެންވާ ފެންވަރަށް ޞިއްޙީ ޚިދުމަތް ދެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.