ރާއްޖޭގައި ޓެލެމެޑިސިންގެ ޚިދުމަތް ތަރައްޤީކުރަނީ

ރާއްޖޭގައި ޓެލެމެޑިސިންގެ ޚިދުމަތް ތަރައްޤީކުރެއްވުމަށް ރޭވިފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. އެކަމަށް ޓަކައި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ޓެލެމެޑިސިން ނުވަތަ ދުރުގައި ތިބެގެން ކޮންސަލްޓޭޝަން ދިނުމުގެ މުހިންމު ކަން ކޮވިޑްގެ ތެރޭގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި  ޓެލެމެޑިސިންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަރަށް ބޮޑު އިސް ކަމެއް ދެއްވައިފައިވާ ކަމަށެވެ.

"ކޮވިޑާ ގުޅިގެންގެން، އެންމެ ބޮޑަށް ދަސްވެގެން ވެގެން ދިޔަ އެއްކަމަކީ ޓެލެމެޑިސިންގެ މުހިންމުކަން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޓެލެމެޑިސިން ޚިދުމަތް ތަޢާރަފުކުރުމުގައި ކުރިން ދިމާވި ގޮންޖެހުމަކީ އެޚިދުމަތް ދެވޭނީ ވަރަށް ގިނަ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ މީހުންވެސް ތިބެގެންކަމަށް، ޤަބޫލުކުރެވުން ކަމަށްހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު އެކަމަށް މަސައްކަތަތަކެއް ކުރެވުމުން ދާކަމަށާއި ނަމަވެސް އެކަންކަމުގެ ތަފްޞީލާ ހިސާބަށް އަދި ދެވިފައި ނުވާމަށްވިދާޅުވިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސް ޓެލެމެޑިސިންގެ ޚިދުމަތް ތަޖްރިބާ ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ހެލްތް މިނިސްޓަރާ ދެމެމްބަރަކު ވަނީ ސުވާލު ކުރައްވައިފައެވެ. އެއީ ވޭމަންޑޫގެ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށޭނެ އިރަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، ކުރެއްވި ސުވާލަކާއި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު، ކުރެއްވި ސުވާލެކެވެ.

އިތުރަށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މިއައަހަރަލީ ޞިއްޙީ ދާއިރާއިން ވަރަށް ގިނަ އުއްމީދު ތަކެއް ކުރެއްވި އަހަރެއް ކަމަށެވެ. ކަންކަމަށް ބަޖެޓް ކުރެވި ރޭވިފައިވެސް ހުރި ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އަކަކަން ހަޤީޤަތަށް ވެފައި ނުވަނީ ކަން ފާހަގަ ކުރެއްވިއެވެ.

"ހަޤީޤައތުގައި އަޅުގަނޑުމެން މިއަހަރާ ބައްދަލުކުރީ ވަރަށް އުއްމީދީ އަހަރެއްގެ ގޮތުގައި. ބެޖެޓްގެ ގޮތުންނާއި މިއަހަރަށް ރާވަފއިވާ ޕްރޮގްރާމްތަކަށް ބަލާއިރު މިއަހަރަކީ ޞިއްޙީ ދާއިރާއަށް ބޮޑެތިކުރިއެރުން އަންނާނެ އަހަރެއް ކަމަށް އަޅުގަނޑުމެން ފާހަގަ ކުރިން."  ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.  

ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މިޙާލަތުގައި ވެސް ކަންކަން ތަރުތީބު ކުރައްވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ކޮންމެހެން ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތަކަށް އިސްކަން ދެއްވައިގެންކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ޞިއްޙީ ޚިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ވެސް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ވެސް މެމްބަރުންނާ ޙިއްޞާ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.