
ހެލްމެޓު އަޅައިގެން ހުރި ޒުވާނަކު ބިދޭސީއަކަށް ބިރު ދައްކައި ފަންސާސް ހާސް ރުފިޔާ އެމީހާ އަތުން ފޭރިގެން ފިއެވެ. މިޙާދިސާ ހިނގާފައި ވަނީ މިއަދު 12:15 އެހައިކަންހާއިރު ހ. ލަންސިމޫ ގޯޅިތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކައި ފައިސާ ފޭރިގެން ދުވެފައި ދަނިކޮށް ފުލުހުން ވަނީ އެމީހާ ބަންދު ކޮށްފައެވެ. ޢުމުރުން 20 އަހަރުގެ އެމީހާ ބަންދު ކޮށްފައިވަނީ ލަންސިމޫ ގޯޅި ސަރަޙައްދުގައި އެވަގުތުން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނެވެ. ފުލުހުން މިހާރު ގެންދަވަނީ މައްސަލަ ބަލަމުންނެވެ.
ފަހަކަށް އައިސް މިފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ.