އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ އޮފީހުގެ ތިޖޫރި ވަގަށް ނަގައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގެ ތިޖޫރި ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ މި މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

ތިޖޫރި ވަގަށް ނަގައިފައިވާ ވަގުތެއް އެނގިފައެއް ނުވެއެވެ. އެ އޮފީހަށް ވަދެފައިވަނީ ދޮރު މަތާލައިގެން ހުޅުވައިގެންނެވެ.

ތިޖޫރި ވަގަށް ގެންދިޔައިރު އޭގައި ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ އެކަން ބަލަމުންނެވެ. މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.