
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލައިގެންދިޔަ މީހާ އަތުލައިގެފިއެވެ.
ފުލުހުންގެ މީޑިއާއިން ވިދާޅުވީ އޭނާ ފިލައިގެން ދިޔުމުން ފުލުހުންވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. "ފުލުހުން ކުރި މަސައްކަތުން އެމީހާ ހޯދުމަށްފަހު މިހާރުވަނީ ހައްޔަރު ކުރެވިފައި،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.
ފިލައިފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ފިލީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އޭނާ ބަންދުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ.
"މި މީހަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވަން ޑިސެމްބަރު ނުވަވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއް،" ފުލުހުން ވިދާޅުވިއެވެ.