ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބުމުގެ ސިއްރަކީ ޕާޓީން ރައްޔިތުންނަށް ހުށަހެޅި އެޖެންޑާ 19 ކަމަށް އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަދި ކެމްޕޭން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އަފްޝަން ވިދާޅުވީ އެއީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދައިގެން އެކުލަވާލި އެޖެންޑާއެއް ކަމަށެވެ. އެ އެޖެންޑާގައި އޮތީ ރައްޔިތުންނަށް ބޭނުންވާ ކަންކަން މަޖިލީހުން ކުރެވޭނެގޮތާއި، ސަރުކާރުން ތަންފީޒު ކުރަން އެދޭ ސިޔާސަތުތަކަށް އެއްބާރުލުން ދޭނެގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ކާމިޔާބީގެ ސިއްރަކީ އެމްޑީޕީން ކެމްޕޭނަށް ނުކުތީ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދާ އެކުލަވާލެވުނު ލެޖިސްލޭޓިވް އެޖެންޑާ އެއް ހިފައިގެން. އެޖެންޑާ 19 ގައި އޮތީ ރައްޔިތުންނަށް ބޭނުންވާ ކަންކަން މަޖިލީހުން ކުރެވޭނެގޮތް އަދި ސަރުކާރުން ތަންފީޒު ކުރަން އެދޭ ސިޔާސަތުތަކަށް އެއްބާރުލުން ދޭނެގޮތް،" އަފްޝަން ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވީ ޚިޔާނާތުގެ މައްސަލަތައް ބެލުމާއި ގެއްލުވާލި މީހުންނާއި މަރާލާފައިވާ މީހުންގެ ޢާއިލތަކަށް އިންސާފު ހޯދަން ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. އޭގެ އިތުރަށް ޝަރުޢީ ނިޒާމް އިސްލާޙު ކުރުމާއި، ބޯހިޔާވަހި ކަމާއި ވަޒީފާއާއި ތަޢުލީމާއި، ޞިއްޙަތާއި، އެޖެންޑާ 19 އިން ހުށަހަޅާފައިވާ ކަންކަން ސަރުކާރުން ކޮށްދިނުމަށް އެއްބާރުލުންދޭނެ މަޖިލީހެއް،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ނިމުނު އިންތިޚާބުގެ ކެމްޕޭނުގައި އެންމެބޮޑު ބާރަކަށްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ހިތްވަރާއި ލީޑަރޝިޕް ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. އަދި ކެންޑިޑޭޓުންނާއި ކެމްޕޭން ކޮދިން އެންމެންގެ ބުރަ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އަޑު އިއްވައި އިއްޔެ ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޢުދުތައް ފުއްދަވާށޭ،" އަފްޝަން ވިދާޅުވިއެވެ.
Agenda 19ga othee kon eche kan neygey meehun gina ee evves security future eh nula vote karu dhaas black & white in chaap koffa bayaku hadhaane eche hadhan dhinee ma vaanee kaamiyaabu Anekkaa faisaa ves ohunee thibuna hene noon vote gathee ehen noon nama thiya vare nuvaane
ސެކިޔުލަރ ނިޒާމު ލާދީނުގެ ކޮޅުމަތި