
އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މީހުން ދީން ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރައި ރައްޔިތުން ބިރު ގެންނެވުމުގެ ސަބަބުން ޓެރަރިޒަމަށް މަގުފަހިވާ ކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޒު ޙުސްނުއްސުޢޫދް ވިދާޅުވެއްޖެއެވެ.
ސުޢޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ އަގީދާ އާއި ދީން ބޭނުންކޮށްގެން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރައި ރައްޔިތުން ބިރުގެންނެވުމަކީ އެކަމުގެ ނަތީޖާ ވަރަށް ހިތިވެދާނެ ކަމެއް" ކަމުގައެވެ.
https://twitter.com/hsuood/status/1110186607145943041?s=20
އިންތިޚާބުތަކާއި ދިމާކޮށް ދީން ބޭނުންކޮށްގެން ކެންޕޭނު ކުރުމަކީ ރާއްޖޭގައި މިހާރު އާއްމުވެފައިާ ކަމެކެވެ. ސުޢޫދް މިރޭ ޓުވީޓުކޮށްފައިމިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭނުގައި ވެސް ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ކެންޕޭނު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
SUOOD THIHEN VIDHAALHUVIYAS E EE DHAKKAN JEHEY VAAHAKA EH!