ވިސާ އާއި ނުލައި ދިވެހީންނަށް ތައިލެންޑަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިފި

އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެންފަތުރުވެރި ކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް ވިސާ އާއި ނުލައި  ތައިލެންޑަށް އެތެރެވެވޭނެ އިންތިޒާމު ތައިލޭންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މި ގޮތަށް ހަމަޖެހުމުން ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދާ ދިވެހީންނަށް އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެއެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރައްވާ ގޮތުގައި ދިވެހި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓްރީ އިން ހާމަކުރައްވައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.