
އެއްފަހަރު ބޭނުންކޮށްފަ އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ. މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. ޕްލާސްޓިކް މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ޔާތުގައި މިނިސްޓަރ ވަނީ ތިމާވެށީގެ ނަމޫނާ ރަށްތަކަށް ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ޙަވާލުކޮށްފައެވެ. މި ނަމޫނާ ރަށްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ޕްލާސްޓިކް މަދުން ބޭނުންކުރަނީ ކޮން ރަށްތަކެއްގައިތޯ ބެލުމަށް ސާރވޭކޮށް ޕްލާސްޓިކް މަދުން ބޭނުންކުރާކަމަށް ފާހަގަވެފައިވާ ރަށްތަކެވެ. އެ ރަށްތަކަކީ ބ ފ. ނިލަންދޫ، ގއ. ގެމަނަފުށި، ވ. ފުލިދޫ އަދި ދ. ރިނބުދޫއެވެ. މި ކޮތަޅުތަކަކީ ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަރޖެންސީ ފަންޑް (ޔުނިސެފް) އިން ހަދިޔާކޮށްފައިވާ ކޮތަޅުތަކެވެ. އަދި މި ރަސްމިއްޔާތުގައި ދ. އަތޮޅު ރިނބިދޫގެ ކައުންސިލް ރައީސް ޙާތިމް އިބްރާހީމާއި ވ. ފުލިދޫ ކައުންސިލްގެ ނައިބު ރައީސް އިމްތިނާން ޢަބްދުލް ޣަފޫރު ވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޕްލޭން ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އެރަށްތަކުގައި ޕްލާސްޓިކް ފެން ފުޅި އަގުބޮޑުކޮށްފައިވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެށްޓަށާއި އިޤްތިޞާދަށް އަދި ސިއްޙީ ގޮތުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމެވެ.
ޚަބަރު: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް