
ކ. އޮޅަހަލި ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ގެންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. އެދޯނި އަރައިފައިވަނީ ކ. ކަގި ކައިރީގައި އޮންނަ ފަރަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއީ 52 ފޫޓުގެ ދޯންޏެކެވެ. ދޯނި ފަރަށްއެރި އިރު އޭގައި ދެމީހަކު ތިބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަކުންދަނީ ދޯންޏަށް އެހީތެރިވުމުގެ މަސައްކައް ފަށައިފައެވެ. މިއީ "ރޯދި" ނަމަކަށް ކިޔާ ދޯންޏެކެވެ. މިހާދިސާގައި މީހަކަށް އަނިޔާ ނުވެއެވެ. މިއަދު ހެނދުނު 9:25 ގައި ދޯނ ި ވަނީ ފުންކުރެވިފައެވެ.