
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީ އަކުން ޖެހި އަނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިޙާދިސާގައި ހިނގާފައިވަނީ ބ. ދަރަވަންދޫގައި ކަމަށެވެ. އެރަށު ގެސްޓް ހައުސްއެއްގައި އުޅެމުން ދިޔަ ޖަރުމަނުވިލާތުގެ ފަތުރުވެރިޔާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު ހިނގި މިހާދިސާގައި އެމީހާއަށް "އަނިޔާތަކެއް" ލިބިފައިވާ ކަމަށެވެ.
ޢުމަރުން 25 އަހަރުގެ އެމީހާއަށް މިހާރު ގެންދަނީ ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުންނެވެ. މިޙާދިސާގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.