
މާލޭ ތާޖުއްސީން ސްކޫލް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެއެވެ. މިރޭ 7:30 އެހައިކަންހާއިރު ހިނގި މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަލިފާން ރޯވިތާ ކުޑައިރުކޮޅެއް ފަހުން އަލިފާން ނިވިއްޖެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަލިފާން ރޯވުމުން ސިފައިންނާއި ފުލުހުން ވެސް އެސަރަޙައްދަށް ދިޔައެވެ. އެހެންނަމަވެސް އޭރު އަލިފާން ވަނީ ނިވިފައެވެ.
މި ޙާދިސާގެ އިތުރަށް މިރޭ 19:21 އެހައިކަންހާއިރު އދ. ބަހިބަދޫ ގެއެއްގައި ވަނީ ރޯވެފައެވެ. ފުލުހުންނާއި ސިފައިން ވަނީ އަލިފާން ނިއްވަން މަސައްކަތް ކުރައްވައިފައެވެ. އަލިފާން ނިވިފައިވަނީ މިރޭ 7:40 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަލިފާން ރޯވެފައިވަނީ ގޯތި ތެރޭގައިހުރި ފައިބަރު މެޓުތަކެއްގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.