
ހދ. ނެއްލައިދޫ ގައި ހުވަނި މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެރަށުގައި ހުވަނި ގިނަވެ ރައްޔިތުންނަށް އުނދަގޫ ވަމުން ދާތީ އެމްއެންޑީއެފުން ވަނީ އެރަށު ކައުންސިލާ ގުޅިގެން ހުވަނި މަދު ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. "އެރަށުން ހުވަނި މަދު ކުރުމަށް ގަސްގަހާގެއްސަށް ސްޕްރޭ ކުރުގެ މަސައްކަތް ނެއްލައިދޫ ކައުންސިލާ ގުޅިގެން މިދަނީ ކުރަމުން،" އެމްއެންޑީއެފުން ވިދާޅުވިއެވެ.
ނެއްލައިދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ހުވަނީ ގިނަވުމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވަމުންދާ ކަމަށެވެ. ބައެއް މޫސުމުގައި ރާއްޖޭގެ ބައެއް ރަށުގައި ހުވަނި ގިނަވެ ވަރަށް ބޮޑަށް އުނދަގޫވެގެންދެއެވެ. ހުވަންޏަކީ ގައިގައި އެ ޖެހުމުން ފިތްނަގައި ވަރަށް ބޮޑަށް ހިރުވާ އެއްޗެކެވެ.