
ފުވައްމުލަކު ކުނިގޮނޑުގައި މިއަދު ހެންދުނު 9:48 އެހައިކަންހާއިރުން ފެށިގެން ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު ރޯވި އަލިފާނުގެ 90 ޕަސެންޓު މިހާރު ނިވިފައިވާ ކަމަށެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ކުނިގޮނޑުގައި ރޯވި ސަބަބެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.