
މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި އިމަޖެންސީގައި ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ދާދި ދެންމެ ޖައްސައިފިއެވެ.
މި ބޯޓަކީ މައިލެއިން ގައްދޫއިން ގަމަށް ދަތުރުކުރި ކިޔު 2 118 ބޯޓެވެ. ބޯޓަށް މައްސަލަ ދިމާވީ ލޭންޑިން ގިއަރަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެވުން މުން ބޯޓުގެ ފުރޮޅުތައް ތިރިކުރެވޭ ގޮތް ނުވުމުން ބޯޓު އިމަޖެންސީގައި ޖައްސައިފައިވަނީ ގިނައިރުތަކެއް ވަންދެން މަތީގައި އުދުހުމަށްފަހުގައެވެ.
ބޯޓު ޖެއްސިއިރު ފަޔަރާއި އެމްބިޔުލާންސްތަކާއި ސަލާމާތީ އެހެނިހެން ވަސީލަތްތައް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.
ބޯޓު ޖެއްސިއިރު ފަޔަރާއި އެމްބިޔުލާންސްތަކާއި ސަލާމާތީ އެހެނިހެން ވަސީލަތްތައް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. ބޯޓު ޖެއްސުމާއެކު ފަޔަރުންނާއި އެމްބިޔުލާންސް ވަގުތުން ޙަރަކާތްތެރިވިއެވެ. އެހެންނަމަވެސް ހިތާމަވެރި އެއްވެސް ޙާދިސާއެއް ހިނގާފައެއް ނުވެއެވެ.
މޯލްޑިވިއަން އިން ވިދާޅުވެފައިވަނީ އިމަޖެންސީގައި ބޯޓުވަނީ ސަލާމާތްތެރި ކަމާއެކު ގަމަށް ޖައްސައިފައި ކަމަށެވެ. އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް އިތުރު ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ފަސިންޖަރުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައިކަން ފާހަގަ ކުރެވުނެވެ. އެންމެންވެސް ތިބީ ރޮވިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.