
މާލޭގެއެއްގެ ހަވަނަ ބުރިން ރޭ ފަތިހު މީހަކު ވެއްޓި މަރުވެއްޖެއެވެ. ރޭ ފަތިހު 4:05 އެހައިކަންހާއިރު ހިނގި މިޙާދިސާގައި މަރުވެފައވަނީ ޢުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހާ ވެއްޓުނީ މަގުމައްޗަށެވެ. ވެއްޓުނީ ބެލްކަނިން ކަމެއް ކުޑަދޮރުން ކަމެއް އެނގިފައެއް ނުވެއެވެ. އަދި އޭނާ ވެއްޓެން މެދުވެރިވި ސަބަބެއް ވެސް އެނގިފައެއް ނުވެއެވެ. އެއީ ކޮންރަށެއްގެ ކޮން ގެއެއްގެ މީހެއް ކަމަށް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ފުލުހުން ވިދާޅުވީ އެމީހާ ވެއްޓުމުން އޭނާވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ. މިޙާދިސާއާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.