
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ސަރަޙައްދުގެ ޢިމާރާތެއްގައި ކުލަލާން ތިބި ދެމީހަކު ވެއްޓި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ޢިމާރާތުން ވެއްޓިފައިވަނީ ބަންގްލަދޭޝްގެ ދެމީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ދެމީހުން ވެއްޓިފައިވަނީ ޢިމާރާތުގެ ބޭރުގައި ކުލަލާން ތިއްބައި ދެވަނަ ބުރިންނެވެ.
މިޙާދިސާގައި އެކެއްގެ ފައިގެ ކުޑަހުށަޅަށާއި އުނަގަނޑުގައި ރިއްސުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
މިފަދަ މަސައްކަތްތަކުގައި އުޅޭއިރު އެންމެ އެކަށީގެންވާ ވަރަށް ސަލާމަތީ ފިޔަވަޅު އެޅިފައި ނުވާކަން ފާހަގަ ކުރެއެވެ. ސަލާމަތީ ސާމާނު ހުއްޓަސް ފަސޭހަ ކުރުމަށްޓަކައި އޭގެ ބޭނުން ބައެއްފަރާތްތަކުން ނުކުރެއެވެ. އެހެންނަމަވެސް ޢިމާރާތްތަކުރުމުގެ މަސައްކަތްތަކާއި ކުލަލުން ފަދަ މަސައްކަތްތަކުގައި އެންމެންގެ ސަލާމަތަށް އިސްކަންދޭން ޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް އަންގަމުންނެވެ.