
ހުޅުމާލެ ދެވަނަ ފޭސްގައި ހަދަމުންދާ އިމާރާތެއްގައި މަސައްކަތް ކުރަމުންދިޔަ ޗައިނާ މީހަކު ވެއްޓި މަރުވެއްޖެއެވެ.
އެމީހާ މިހާރުވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ އެމީހާ ވެއްޓިފައިވަނީ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ހަވަނަ ޓަވަރު ނުވަ ވަނަ ބުރިން ދެވަނަ ބުރިއަށް ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:29 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.