
ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނެއްގެ ބޯފަޅައިގެން ހިނގައްޖެއެވެ. ޢުމަރުން 31 އަހަރުގެ އެމީހާއަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓުގައި ބޯފަޅައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ނުވާކަމަށެވެ. ރ. ކަނދޮޅުދުއަށް ނިސްބަތްވާ އެމީހާ މިހާރުވަނީ އިމަޖެންސީ ރޫމުގައި އޮބްޒަވޭޝަނުގައި ބާއްވައިފައެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ މިރިހި މަގު 164 ނަމްބަރ ފުލެޓުކައިރިން ކަމަށެވެ. އެކްސިޑެންޓްވީ އެ އަންހެން މީހާ އޭނާގެ ދަރިފުޅު ގޮވައިގެން މަގުހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހިގެންނެވެ. ފުލުހުންނަށް މިމަޢުލޫމާތި ލިބިފައިވަނީ މިރޭ 22:30 ގައި ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނި 34 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް އަނިޔާއެއްވި ކަމެއް އަދި އޭނާ ބަންދުކުރިކަމަށް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.