އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ލައިސަންސް ދެއްވައިފި

ރާއްޖޭގައި، ފައިނޭންސިންގ ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިންގ ބިޒްނަސް ލައިސަންސް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ދެއްވައިފިއެވެ. އެކުންފުންޏަށް ލައިސަންސް ދެއްވީ ހުސްވި ފެބުރުއަރީ 28 ވަނަ ދުވަހުއެވެ.

އެ ކުންފުންޏަކީ 100% ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނި އުފައްދަވައިފައިވަނީ ރާއްޖޭގައި މިވަގުތު އޮތް 3 ސީޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ކައުންސިލަކަށް 5% ގެ ހިއްސާ ހިމެނޭ ގޮތަށެވެ.

އެ ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.