މާލޭގެ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދަށް އުދަ އަރައި އެސަރަޙައްދުގެ އެއްގަމު ދަތުރު ފަތުރަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
މިއަދު ހަވީރު އެސަރަޙައްދަށް އާދައާޚިލާފަށް އުދަ އެރުމުގެސަބަބުން އެސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. ރާޅާއެކު ގަލާއި ވެލިން މަގުމަތި އޮތީ ފުރިފައެވެ.
އެރަޙައްދު ސާފުކޮށް ދުއްވާ އެއްޗެއްސާއި ހިނގާމީހުންނަށް އެތަން ބޭނުންކުރެވޭ ޙާލަތަކަށް ގެނައުމަށްޓަކައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންވަނީ މަސައްކަތްކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ، މިދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި އެހެންނަމަވެސް މާބޮޑު ނުރައްކަލެއް އެކަމުގެ ސަބަބުން އޮތްކަމަށް ލަފާނުކުރެވޭކަމަށެވެ.