މަޝްރޫޢުތަކަށްކުރާ ޚަރަދުގެ ތަފްސީލަށް އެދިއްޖެ

އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމެއް
އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމެއް
އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމެއް

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއު ތަކަށް ދައުލަތުގެ ބަޖެޓުންނާއި، އެހެންގޮތްގޮތުން ކުރާ ޚަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕްޒިޝަން(އެމްޔޫއޯ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޔޫއޯ ގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ކޮއްކޯފުޅު އާދަމް އާޒިމް ވިދާޅުވީ، މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް އަސްލު ޚަރަދުވާ އަގަށްވުގެ އިތުރަށް އެތައް މިލިއަން ރުފިޔާ ހޭދަކޮށް ސަރުކާރުން އިސްރަފުކުރަމުންދާކަމަށެވެ. އޭގެތެރޭގައި އައިޖީއެމްގެ ގައި އަޅާ ފަންސަވީސް ބުރީގެ އިމާރާތާއި، ފިނޭސް މިނިސްޓްރީގެ އިމާރާތުގެ އިތުރުން ހުޅުލެ،މާލެ ބްރިޖު ޕްރޮޖެކްޓް އޭނާ ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުން ކޮންމެ ޕްރޮޖެކްޓެއް ހިންގި ކަމުގައި ވިޔަސް އެ ޕްރޮޖެކްޓަށް އަސްލު ދާ ވަރަށް ވުރެ ބޮޑަށް ޚަރަދު ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ މާދާގެ ޖީލު ތަކަށް ކަމުން ތަފްސީލު ހާމަކުރުމަކީ މުހިއްމު ކަމެއްގައި ދެކޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.