އަހަރެން ފެރީން ފޭބީމާ އޭނާ އަހައިފިއެވެ.
ކަލޭގެ އެސައިންމަންޓް ނިމިއްޖެ ހެއްޔެވެ؟
އަހަރެން ބުނީމެވެ.
އާނއެކެވެ. އަހަރެން ފުރައިގެން ދިޔައީވެސް ނިންމާފައި ހަވާލުވެސް ކޮށްފައެވެ.
ކަލޭގެ އެސައިންމަންޓް އަދިވެސް ނުނިމެނީ ހެއްޔެވެ؟
މާދަމާ މިއީ ފަހުން އިތުރު ކޮށްދިން މުއްދަތުވެސް ހަމަވާ ދުވަހެއް ނޫންހެއްޔެވެ؟
އޭނާ ވަރަށް ދެރަވެފައި ބުންޏެވެ.
އާނއެކެވެ. މާދަމާއަކީ އެންމެ ފަހު ދުވަހެވެ.
މި ފަހަރު މިއޮތީ ބޮނޑި ލިބިފައެވެ.
އަހަރެން ބުނީމެވެ.
ތިޔަހެން ނުހަދާށެވެ.
ކޮންމެ އެސައިންމަންޓަކަށްވެސް ލިބެނީ އެކަށީގެންވާ ވަގުތެވެ.
ތިޔަހެންވީމާ ކިޔަވައިދޭ މީހުންވެސް ފޫހި ވާނެއެއް ނޫން ހެއްޔެވެ؟
ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ދުވަހަށް ނިންމޭނެއެވެ.
އޭނާ ބުންޏެވެ.
މިއީ މި ފަހަރު ވީ ގޮތެވެ.
މީގެ ކުރިއަކުން މިހެންނެއް ނުވެއެވެ.
އަހަރެން ބަރާބަރަށް ދުވަހަށް އެސައިންމަންޓް ހަވާލު ކުރަމެވެ.
އަހަރެން އަހައިފީމެވެ.
މި ފަހަރު ނުނިމުނީ ކީއް ވެގެން ހެއްޔެވެ؟
ކަލެއަކީ ވަޒީފާއެއް އަދާ ކުރާ މީހަކީމެއްވެސް ނޫނެވެ.
އޭނާ ވަރަށް ދެރަ ވެފައި ބުންޏެވެ.
ބުނާނީވެސް ކީކޭ ހެއްޔެވެ؟
މިފަހަރު ހަވާލު ކުރި މީހާ ފައިސާކޮޅުވެސް ކާލީއެވެ.
އެސައިންމަންޓް ނިންމައެއްވެސް ނުދިނެވެ.