ހެރީ އާއި މެގަންގެ ދަރިފުޅު އުފަންވާނީ އޭޕްރީލް މަހު

އިނގިރޭސިވިލާތުގެ ވަލީ ޢަހުދު ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މެގަން މާކެލްގެ ގެ ފުރަތަމަ ދަރިފުޅު އުފަންވާނީ އޭޕްރީލް މަހު ކަމަށް މެގަން އިޝާރާތް ކުރައްވައިފިއެވެ.

މެގަންގެ ޑިއު ޑޭޓް ހާމަކުރެއްވީ ފިރިކަލުން ހެރީ އާއި އެކު މިއަހަރުގެ ފުރަތަމަ ރަސްމީ ޙަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ތެރެއިންނެވެ. މި ޙަރަކާތުގެ ތެރެއިން ސަޕޯޓަރުންނާއި ސަލާމް ކުރަމުން ދިޔަ ވަގުތު ސަޕޯޓަރަކު ވަނި މެގަން އާލާސްވެ އިންނެވުމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. މި ސުވާލުގެ ޖަވާބުގައި މެގަން ވިދާޅުވީ އާލާސްވެ އިންނެވިތާ މިހާރު 6 މަސް ވެފައިވާ ކަމަށެވެ. އަދި އާލާސްވެ އިންނެވީ އަންހެން ބޭފުޅަކަށް ކަމެއް ނުވަތަ ފިރިހެން ބޭފުޅަކަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން އިނގިރޭސި ވިލާތުގެ ނޫސްތަކުން ވަނީ މެގަން އާއި ހެރީގެ ފުރަތަމަ ދަރިފުޅު އުފަންވާނީ އޭޕްރީލް މަހު ކަމަށް ރިޕޯޓުކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.