މި ސަރުކާރުވެސް ފެންނަނީ ފަސް އަހަރުގެ ސަރުކާރެއްގެ ގޮތުގައި: ޢުމަރު

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޢަމަލުތައް މިހާރު ފެންނަގޮތުން އިތުރު ފަސްއަހަރު ރައްޔިތުން ދެއްވާނެ ކަމަށް ނުބެލެވޭ ކަމަށް ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މިސަރުކާރު އައީ ފާއިތުވި ދުސްތަކުގައި ބައެއްކަންކަން ކުރައްވައިފައިވަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ބެލެވެންނެތް ކަމަށެވެ. "ރައްޔިތުން މިހާރު ބޭނުންވާނީ ދެފުށްފެންނަ ގޮތަށް ކަންކަންކުރަން. މިސަރުކާރުން ވެސް ބައެއްކަންކަން ކުރައްވަނީ އެގޮތަށް ކަމަށް ނުބެލެވޭ. މިސާލަކަށް މަރުގެ ޙުކުމްތައް ތަންފީޒު ކުރުމާއި ޚާރިޖީ ސިޔާސަތު ދީލާލައިފައިވަނީ އެންމެ ރަނގަޅު މިސްރާބަށް ކަމަށް ނުބެލެވޭ،" ޢުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ މުއްދަތަތަކީ ފަސް އަހަރުގެ ދެ ދައުރުކަމަށް ކަނޑައެޅި ހިސާބުން މިހާތަނަށް އެއްވެސް ބޭފުޅަކަށް ދެ ދައުރު ލިބިވަޑައެއް ނުގަންނަވައެވެ. އެގޮތަށް ބަދަލު ކުރެއްވި ފަހުން އެންމެ ފުރަތަމަ ވެރިކަން ކުރެއްވީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަށް ފަސް އަހަރު ވެސް ފުރިހަމައެއް ނުކުރެވުނެވެ. ދެންވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނެވެ. އެމަނިކުފާނު ފަސް އަހަރު ފުރިހަމަ ކުރެއްވިއެވެ. ދެން ވަޑައިގެންނެވީ ރައީސް އިބްރާހީމެވެ. އެމަނިކުފާނަށް ހަމަކުރެވޭނީ ފަސްއަހަރު ދައުރެއް ކަމަށް ޢުމަރު ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް ކަންކަން ރަނގަޅަށް ނުދިޔަސް ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ ހިސާބަށް ކަންކަން ނުދާ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.