އާފަތިސް ބަދިގެ: ނާރލީ ޕީނަޓް ޗިކަން

ބޭނުންވާނެ ބާވަތްތައް:

2 ޗިކެން ބްރެސްޓް

2 ލުނބޯ

4 ލޮނުމެދު

2 މޭޒުމަތީ ސަމުސާ ޕީނޓް ބަޓަރ

2 ތޮޅި މިރުސް (ރަތް)

ލޮނު، ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

އުނދުން މައްޗަށް ތަވައެއް އުދައި ހޫނު މިން މެދުމިނުގައި ބަހައްޓާށެވެ. ދެން ޗިކެން ބްރެސްޓްގައި ޅީ އަޅާށެވެ. ޅީ އަޅާނީ ހަތަރެސްކަނަށްވާ ގޮތަށް ހުންނަ ގޮތަށެވެ.  

ޒައިތޫނި ތެޔޮ ސަމުސަލަކާއި، ލޮނާއި އަދި ލުނބޮއެއްގެ ތޮށި (ގާނާފައި) ކުކުޅުގައި އުނގުޅުމަށްފަހު ތަވާމަތީގައި ބާއްވާށެވެ. ދެން ބޯތަށްޓަކަށް ލިނުމެދު ގޭނުމަށްފަހު އޭގެ ތެރެއަށް ލުނބޯ ހުތް އަަޅައި އެގެ ތެރެއަށް ޕީނަޓް ބަޓަރ އެއްކުރާށެވެ. އެއްކުރާއިރު ފެން ފޮދެއް އެޅުމަށްފަހު ރަނގަޅަށް ގިރާށެވެ. ދެން މިރުސް ކޮށައި ޕީނަޓް ބަޓަރާއި އެއްކުރުމުން ސޯސް ތައްޔާރު ކުރެވުނީއެވެ.

ސޯސް ތައްޔާރު ކުރެވުމުން ކުކުޅު ފުށުން ޖަހައި އޭގެ މައްޗަށް ޕީނަޓް ބަޓަރ ސޯސް އޮއްސައި ސޯސް ރަނގަޅަށް ކައްކާށެވެ. ފަސް މިނިޓް ވަރު ރަނގަޅުވާނެއެވެ. ދެން ސޯސްގަނޑު މައްޗަށް ލުނބޯ ތޮށިކޮޅެއް ގާނާފައި އަޅާށެވެ. އޭގެ ފަހުން ކުކުޅުގެ މައްޗަށް އެކްސްޓްރާ ވަރޖިން އޮއިލް ފޮދެއް އަޅާށެވެ. އަދި ސާވް ކުރާއިރު ލުނބޯ ފަޅި އަކާއެކު ސާވް ކުރާށެވެ.

މިއީ ގާތްގަނޑަކަށް 12 ވަރަކަށް މިނިޓް ތެރޭގައި ތައްޔާރު ކުރެވޭނެ ރެސިޕީ އެކެވެ. މި ރެސިޕީގައި ތަކެތި ހިމަނާފައި ވަނީ ދެ މީހަކަށް ވާވަރަށެވެ. އިތުރަށް ތައްޔާރު ކުރާނަމަ ބޭނުންވާ މިންވަރަށް ތަކެތި އިތުރު ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.