
ބޭނުންވާނެ ތަކެތި:
4 ޗިކެން ބްރެސްޓް، ބޯމިނުގައި އިންޗިއެއްގެ ހަތަރުބައިކުޅަ އެއްބައި ހުންނަވަރަށް ކޮށާފައި
މޭޒުމަތީ ސަމުސަލެއްގެ އޮރިގާނޯ
ސައިސަމުސަލެއްގެ ލޮނު
ސައިސަމުސަލެއްގެ އަސޭމިރުސް
ބައި ޖޯޑު ފުށް
އޮލިވް އޮއިލް
މަޝްރޫމް، ކުދިކޮށް ކޮށާފައި
ކުދި ޓޮމާޓޯ، ފަޅިކޮށްފައި
މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ލޮނުމެދު
މޭޒުމަތީ ސަމުސަލެއްގެ ލުނބޯ ހުތް
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ޗިކެން ސްޓޮކް
ބޭބީ ސްޕިނާޗް
ތައްޔާރު ކުރާނެގޮތް:
ޓިޝޫ އަކުން ކުކުޅުގެ ފެން ހިއްކައި އޮރިގާނޯ އާއި ލޮނާއި އަސޭމިރުސް ލައި ސީޒަން ކުރާށެވެ. އެއަށްފަހު އޭގެ ބޭރުން ފުށް އުނގުޅައި އެއްކައިރީގައި ބަހައްޓާށެވެ.
އުނުދުނަށް ތެއްޔެއް އުދައި އޮލިވް އޮއިލް ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ކުކުޅު ދެފުށަށް ޖަހަމުން މިނިޓްވަންދެން ކެއްކުމަށްފަހު ތަށްޓަކަށް ނަގާށެވެ.
ކުކުޅޫ ތެލުގެ ތެރެއަށް މަޝްރޫމް އަޅައިގެން އެއް މިނިޓްވަރު ކައްކާށެވެ. ދެން ޓޮމާޓޯ އާއި ލޮނުމެދާއި، މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ އޮރިގާނޯ އާއި ސައިސަމުސަލެއްގެ ބައި ސަމުސާ ލޮނާއި ސައިސަމުސަލެއްގެ ބައި ސަމުސާ އަސޭ މިރުހާއި ސައިސަމުލުގެ ދެ ސަމުސާ ފުށް އެއްކޮށް ތިން މިނިޓް ކައްކާށެވެ.
ވިނެގަރ ސަމުސަލެއްވަރު އަޅައި އަނެއްކާވެސް އިރުކޮޅަކު ކެއްކުމަށްފަހު ލުނބޯ ހުތާއި ޗިކެން ސްޓޮކް އަޅާށެވެ.
ރަނގަޅަށް ކެކުމުން އޭގެތެރެއަށް ކުކުޅު އެއްކުރާށެވެ. ގަދ ހޫނުގައި 3 މިނިޓ ނުވަތަ ހަތަރު މިނިޓް ކެއްކުމަށް ފަހު މަޑުގިނީގައި މަތި ޖަހައިގެން 8 މިނިޓްވަރު ކައްކާށެވެ.
ކާން މޭޒުމައްޗަށް ނެގުމުގެ ކުރީން ސްޕިނާޗް އެއްކުރާށެވެ.
މިއީ 30 މިނިޓް ތެރޭ ތައްޔާރު ކުރެވިދާނެ ރެސިޕީއެކެވެ. ރޮށި ނުވަތަ ޕާސްޓާ ނުވަތަ ބަތާއި އެކީ ކެވިދާނެ އެވެ.