ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ނެޝެނަލް ސްކައުޓް އެސޯސިއޭޝަނުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނެޝަނަލް ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެެރޭގައެވެ.
ރައީސް ވަނީ މިއަދު ޗީފް ސްކައުޓްގެ މަޤާމު ޤަބޫލުފުޅު ކުރައްވާފައެވެ. އެހެންކަމުން އެ އެސޯސިއޭޝަނުން ވަނީ ރައީސްގެ ކަރުފުޅުގަައި ޗީފް ސްކައުޓްެގެ ރަމްޒީ ސްކާފް އަޅުއްވައި ދެއްވާފައެވެ. އަދި ޗީފް ސްކައުޓްގެ މަޤާމު ޤަބޫލުފުޅު ކުރައްވާފައިވާތީ ސްކައުޓް އެސޯސިއޭޝަންގެ ކައުނސިލް މެންބަރުންވަނީ ރައީސަށް ޝުކުރު އަދަ ކުރައްވާފައެވެ. އދި ކައުންސިލްގެ ޙަރަކާތްތައް ހިންގުމުގައި ދިމާވާ ދަތިތައް ވެސް ރައީސާ ހިއްސާ ކުރައްވާފައެވެ.