ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ޢާއިލާ މިއަދު ހެނދުނު މުލިއާގެ ބަދަލުވެ ވަޑައިގެންފިއެވެ.
މުލިއާގެއަކީ ރައީސުލްޖުމްހޫރިޔާ ހުންނަވަން ދައުލަތުން ހަމަޖައްސަވައި ދެއްވި ޚާއްސަ ގެކޮޅެވެ. އެމަނިކުފާނު ވެރިމަށް ވަޑައިގެން މުލިއާގެއަށް ވަޑައި ނުގެން ހުންނެވީ އެތަނުގެ މަރާމާތު މަސައްކަތް ނިމެންދެނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ހަމަކުރެއްވުމަށް ފަހު ވަޑައިގެންނެވިއިރު މުލިއާގެހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންވެ ސަރުކާރުން ވަނީ އެތަން ވަރަށް ބޮޑަށް މަރާމާތު ކުރައްވައިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގެ ބޭނުންކުރެއްވީ ޕީޕީއެމްގެ ސިޔާސީ ޙަރަކާތް ހިންގަވާ ޖަގަހައެއްގެ ގޮތުގައެވެ. ރައީސް ޔާމީން އުޅުއްވީ ހިލާލީގޭގައެވެ.