ދިރާގު މުވައްޒަފުންގެ 'ޑެސްކަޕް 2026' ފުޓްސެލް މުބާރާތް ނިންމައިލައިފި

ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 20 ވަނަ އެޑިޝަން، ޑެސްކަޕް 2026 ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންނަށް ހާއްސަކޮށްގެން ދިރާގު އީ-ކްލަބް (އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވަ މި މުބާރާތުގައި މި އަހަރު 300 މުވައްޒަފުން ވަނީ ބައިވެރިވެ ހޫނު ތަރުހީބެއް ލިބިފައެވެ.

ޖުމްލަ 19 ޓީމު ވާދަކުރި މި މުބާރާތުގެ ސީ.އީ.އޯ އެންޑް އެމް.ޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ސީ.އެން.އެފް.ސީ ޓީމުންނެވެ. މީގެ އިތުރުން، ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީ.އެސް.އެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފައިވަނީވެސް ސީ.އެން.އެފް.ސީ ޓީމެވެ. ސުޕަރ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް އީ.އޯ.ސީ ޔުނައިޓެޑް ޓީމު ވަނީ ސުޕަރ ލީގު ކާމިޔާބުކޮށްފައެވެ.

އަދި މީގެ އިތުރުން، ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރް.އޯ.ސީ ސްޓާސްއާ ވާދަކޮށް، ޗެމްޕިއަންކަން ހޯދައިފައިވަނީ ފިނޭންޒެސް ޓީމެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުންބަދަހިކުރުމުގެ މަގު ފަހިކޮށްދީ، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމަށް ދިރާގުން ދޭ ހާއްސަ އަހައްމިޔަތުކަން ހާމަވެގެންދާ ހަރަކާތެކެވެ. މި ގޮތުން، ދިރާގު އީ-ކްލަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލުން ބޭރުން ކުޅިވަރާއި، މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުވައްޒަފުންނަށް ހިތްގައިމް އަދި މަސައްކަތްކުރާ ހިތްވާ މާހައުލެއް ބިނާކޮށްދީ، އެކަން ދެމެހެއްޓުމަކީ ދިރާގުން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.