އަހަރެންގެ ސިޔާސަތަށް ތާއިދުކުރާ ވަރަށްގިނަ މީހުން މިހާރު ތިބޭނެ: ޢުމަރު

އެމަނިކުފާނުގެ ސިޔާސަތަށް ތާއިދުކުރާ ވަރަށްގިނަ މީހުން ރާއްޖޭގައި މިހާރު ތިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރުވިއުއެއްގައި ޢުމަރު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަށް ތާއިދު ކުރާ މީހުން މިހާރު މަދު ނުވާނެ ކަމަށާއި އެމީހުންނާ ބައްދަލު ކުރައްވަން ކޮންމެވެސް ހިސާބަކުން ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަހަރެންގެ ސިޔާސަތަށް ތާއިދުކުރާ މީހުން މިހާރު ވަރަށްގިނައިން ތިބޭނެ ރާއްޖޭގައި. އެ ސިޔާސަތުތައް ހިފައިގެންދާނަން ރަށްރަށަށް އަހަރެން. ޚާއްސަކޮށް މަޖިލިސް އިންތިޚާބުގެ ތެރޭގައި ދާނަން ރަށްރަށަށް،" ޢުމަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ވެސް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ކެންޑިޑޭޓަކު މަޖިލީހަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.

"މެމްބަރު ކަމަށް އަހަރެންގެ ފަރާތުން މީހަކު ނުނިކުންނާނެ. އެކަމަކު ނުކުމެތިބީ މީހުންގެ ތެރެއިން މަ ޤަބޫލުކުރާ ސިޔާސަތުތަކާއި ހަމަތަކާ އަޅާބަލާއިރު އެ ވެލިއުސްތައް ހިފަހައްޓާ މީހުންނަށް މަ ތާއީދު ކުރާނަން. އަހަރެން ޤަބޫލު ކުރާ ހަމަ ހުރެފައި ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ މީހަކަށް ނުވާކަމަށް ވާނަމަ އަހަރެން ތާއިދު ކުރާނަން. އެމީހަކީ ކުލީން މީހަކަށް ވެސް ވާންވާނެ،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.