
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ނޯޓިސް އެއްގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއެ ކުރައްވަިއފިއެވެ. ގާނޫން ހަދާ މަޖިލިސް އުވާލެއްވުމަށް ސިރިސޭނާ ފޮނުއްވި ގެޒެޓު ނޯޓިސް މިހާރު ވަނީ ޝާއިޢުކޮށްފައެވެ. މި ނޯޓިސްގައި ބުނެފައިވާނީ ރައީސް ސިރިސޭނާއަށް ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން މިރޭ 12 އިން ފެށިގެން މިހާރު އޮތް މަޖިލިސް އުވާލުމަށެވެ. އަދި އާ މަޖިލިސް ބައްދަލުވާނީ 2019 އަހަރުގެ ޖެނުއަރީ މަހުގެ 17ވަނަ ދުވަހު ކަމަށެވެ.
Breaking - Sri Lanka General Election on January 5th, Gazette notification issued dissolving Parliament. New Parliament to meet on January 17th pic.twitter.com/1UqrYU5ost
— Azzam Ameen (@AzzamAmeen) November 9, 2018
ބީބީސީ ރިޕޯޓަރު އައްޒާމު އަމީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނާޅައިފިނަމަ އަންނަ ޖެނުއަރީ މަހު ރިޔާސީ އިންތިޚާބު ބާއްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އިދިކޮޅު ޔޫއެންޕީ އިން ބުނާގޮތުގައި ގާނޫން ހަދާ މަޖިލިސް އުވާލުމުގެ ބާރު ރައީސް ސިިރިސޭނާ އަށް ލިބިވަޑައެއް ނުގަންނަވައެވެ. ގާނޫނީ ހުރަހެއް ނެތް ނަމަ އިންތިޚާބު ބާއްވާނީ ޖެނުއަރީ މަހުގެ 5ވަނަ ދުވަހު ކަމަށްވެސް އައްޒާމުގެ ޓުވީޓުގައި ބުނެފައިވެއެވެ.
ސިޔާސީ މަސްރަހު ހޫނުވެ ރައީސް ސިރިސޭނާ ވަނީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވައި ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ އެމަގާމަށް އިސްކުރައްވާފައެވެ. ނަމަވެސް ގާނޫން ހަދާ މަޖިލީހުގެ ރައީސް ވަނީ މި ނިންމެވުން ބަލައިގަންނަން ދެކޮޅު ހައްދަވާފައެވެ.