މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފި

images

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފިއެވެ.

މިފްކޯ އިން ހާމަކޮށްފައިވާގޮތުގައި، އެކުންފުނިން ގަންނަ މަހުގެ އަގު ބޮޑުކުރަން ނިންމާފައިވަނީ 1500 ކިލޯއަށް ވުރެ އިތުރަށް ކިރުވާ ކޮންމެ މަސް ކިލޯއެއް 12.50 ރުފިޔާއަށް ކަމަށެވެ.

މީގެކުރިން އެކުންފުނިން މަސްގަންނަ އަގަށްބަލާއިރު، 1500 ކިލޯއިން މަތިވެއްޖެނަމަ މަސް ކިލޯއެއް ގަންނަނީ 19 ރުފިޔާ އަށެވެ.

އެޢަދަދަށްވުގެ މަދުން މަސް ކިރުވާނަމަ، މަސް ގަންނަ އަގަށް މިހާރުވެސް ބަދަލު ނާންނާނެކަމަށް މިފްކޯއިން ހާމަކުރެއެވެ.

މަސްގަންނަ އަގަށްބަދަލުގެނައީ މިދުވަސް ވަރަކީ މަސްވެރިކަން ރަނގަޅު ދުވަސް ވަރަކަށް ވާތީ މަސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިއީ މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރަން މިއަހަރު ނިންމި ފުރަތަމަ ފަހަރެވެ. އެކުންފުނިންވަނީ މަސްވެރިންނަށް ވިއްކާ ތެލާއި އައިސްގެ އަގުވެސް މިއަހަރު ހެޔޮކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.