
މިއަދުނެގި ރިޔާސީ އިންތިޚާބުން ބަލިވިޔަސް މޮޅުވިޔަސް ރައްޔިތުން ނިންމާގޮތެއް ބަލައިގަތުމުގެ ހިތްވަރު ހުންނާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މޮޅުވިޔަސް ދެރަވިޔަސް ދިވެހިރައްޔިތުންގެ ނިންމުން ބަލައިގަނެވޭވަރުގެ ޕީޕީއެމްގަ ހުންނާނެ،" ކަމަށެވެ. މިހާތަނަށް 340 އަށްވުރެ ގިނަ ވޯޓުފޮށި ގުނައި ނިމިފައިވާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އެވެ. އިބޫއަށްވަނީ 58 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 41 އިންސައްތަ ވޯޓެވެ.