
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިތަދޫގައި ހިންގެވި 4 މަޝްރޫއެއްގެ ނިމުން މިރޭ ފާހަގަ ކޮށްދެއްވައިފިއެވެ.
އައްޑޫސިޓީ ހިތަދޫ ސްޓޭޖު ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް އިފްތިތާހުކޮށް ދެއްވީ ހިތަދޫ ނަރުދަމާގެ ޚިދުމަތާއި، ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމެވެ.
އެމަނިކުފާނު މިއަދު ހަވީރު ވަނީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އިފްޠިތާޙް ކޮށްދެއްވައިފައެވެ. އަދި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމުގެއިތުރުން ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައިވެއެވެ.