
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލެ އަތޮޅު ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ތުލުސްދޫ، މާފުށި، ގުރައިދޫއަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅުގައި ތުލުސްދޫގެ ބަނދަރު އެމަނިކުފާނު ހުޅުއްވައިދެއްވުމަށާއި، މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އެމަނިކުފާނު އިފްތިތާޙް ކޮށްދެއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.