
ކިތަންމެ ވަރަކަށް ރާއްޖެ އަމާން ކަމަށް ވިދާޅުވިޔަސް ވަޅިހެރުން ވަނީ އިތުރުވެފައިވާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅުޕާޓީތަކުން ހޯރަފުށީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެކަންކަން ހުއްޓުވައި ރާއްޖެ އަމާންތަނަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ސަލާމަތީ އޮނިގަނޑު ބިނާކުރައްވާނީ ހުރިހާ ދާއިރާއެއްގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. އެގޮތުން ޕޮލިސް ރިފޯމް ޕްރޮގްރާމެއް ހިންގަވާނެ ކަމަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އައްޔަން ކުރުމާއި ވަކިކުރުރުން ސިޔާސީ ކަމަކަށް ނުވާގޮތަށް ގާނޫނޫ ބަދަލް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫތަކާއި ގާނޫނު ނެގެހެއްޓުމާއި ތަންފީޒީ އިދާރާތައް ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަކީ ގާބިލް ބަޔަކަށް ހެދުމަށް ބޭނުންވާ ތައުލީމާއި ތަމްރީންދީ ޕްރޮފެޝަނަލް އިދާރާތަކަށް އެތަންތަން ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން މިހާރަވުރެ އިތުރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.