ރީރަޖިސްޓްރީ ކުރުމުގައި އެމްޑީޕީން ގެންދަނީ ބޮޑެތި މަކަރު ހަދަމުން: ޑރ.ޚަލީލް

ރީރަޖިސްޓްރީ ކުރުމުގައި އެމްޑީޕީން ގެންދަނީ ބޮޑެތި މަކަރުތައް ހަދަމުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީން ކުރަމުންދާ ކަމަކީ އެކި މީސްމީހުން ނަމުގައި ފޯމު ފުރައި ތިންހަޔަރު މީހުންގެ ފިންގަރ ޕްރިންޓް ޖެހުމާއި، އެމީހުން ފުރާ ފޯމުތައް ލިބުމުން ވޯޓު ނުލިބޭނެކަން އެނގުމުން އެފޯމެއް އިލެކްޝަނަށް ފޮނުވުމުގެ ބަދަލުގައި ނައްތާލަނީ ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ރީރަޖިސްޓްރޭޝަން ފޯމު ފުރުމުގައި އެމްޑީޕީއިން ގެންދަނީ ވަރަށްބޮޑެތި މަކަރު ހަދަމުން. އެގޮތުން އެކި މީސްމީހުންގެ ނަމުގައި ފޯމު ފުރައި އެމްޑީޕީގެ ތިންހަތަރު މީހުންގެ ފިންގަރޕްރިންޓް ޖަހަމުން. އެކި މީހުން ފުރާ ފޯމުތައް ލިބުމުން ވޯޓު ނުލިބޭނެކަން ކަށަވަރުވާނަމަ އެފޯމެއް އީސީއަށް ނުފޮނުވާ ނައްތާލަމުން،" ޚަލީލް ވިދާޅުވެފައިވެއެވެ.

މިއީ ރައްޔިތުންގެ ވަރަށްބޮޑު ހައްގަކަށް އަރައިގަތުން ކަމަށާއި 2008 ގައި ވޯޓު ގަޑުބަޑުކުރި ގޮތަށް ކަންކުރުމުގެ ފުރުސަތު މިފަހަރު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. 2008 ގެ އިންތިޚާބު ގަޑުބަޑު ކުރިގޮތަށް ރައްޔިތުން ވޯޓުން މަހުރޫމު ކޮށްގެން އެފުރުސަތު މިފަހަރު ލިބޭނެ ކަމަށް ހީނުކުރާތި،" އޭނާ ވިދާޅުވެފައި ވެއެވެ.

ޑރ. ޚަލީލި މިހެން ވިދާޅުވިއިރު އެމްޑީޕީން ވެސް ވަނީ ރީރަޖިސްޓްރޭޝަންގެ ކަންކަމުގައި ޕީޕީއެމުން އޮޅުވާލަމުންދާ ކަމަށް ބުނެފައެވެ. އަދި ފުރާފޯމުތައް ޕީޕީއެމް އޮފީހަށް ގެންދާ ކަމަށް ބުނެ އެކަމާ ކަންބޮޑުވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.