ހޮލީވުޑް ފިލްމް 'ފޯލްޓް އިން އަވަރ ސްޓާރސް'ގެ ހިންދީ ވަރޝަންގެ ޕޯސްޓަރ އާއްމުކޮށްފިއެވެ. ހިންދީ ފިލްމުގެ ނަމަކީ 'ކިޒީ އޯރް މަންނީ' އެވެ.
މިއީ މުކޭޝް ޗަބްރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ލީޑް ރޯލު ކުޅޭނީ ސުޝާންތް ރާޖްޕުތް އާއި ސަންޖަނާ ސަންގީ އެވެ.
'ދަ ފޯލްޓް އިން އަވަރަ ސްޓަރސް'ގެ ހިންދީ ވަރޝަން ނެރޭތީ ވާހަކައިގެ ލިޔުންތެރިޔާ ޖޯން ގްރީން ހުރީ ވަރަށް އުފަލުންނެވެ. ހޯމަ ދުވަހު ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވަނީ މީގެ ކުރީން އެއްވެސް ފިލްމެއް ބަލަން އޭނާ ބޭނުންނުވާ ވަރަށް މި ފިލްމު ބަލަން ބޭނުން ކަމަށެވެ.
I want to see this movie more than I have ever wanted to see any movie. https://t.co/6eblDkoFZf
— John Green (@johngreen) July 9, 2018
'ދ ފޯލްޓް އިން އަވަރ ސްޓަރސ' އަކީ ކެންސަރު ބަލީގެ ދެމީހުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ މައްޗަށް އުފެއްދި ހޮލީވުޑް ފިލްމު ރިލީޒް ކޮށްފައިވަނީ 2014ވަނަ އަހަރުއެވެ. އެ ފިލްމުގެ ލީޑްރޯލު ކުޅެފައިވަނީ އެންސެލް އެލްގޯތް އާއި ޝައިލީން ވުޑްލޭ އެވެ.