ކަޓްރީނާ ކައިފް އިންސާނިއްޔަތަށް ކުރާ މަސައްކަތް މީޑިއާ އަށް ސިއްރުކޮށްފައި

ބޮލީވުޑް ގެ ގިނަ ސެލެބްރިޓީންނަކީ އެކި ގޮތްގޮތުން ޗެރިޓީ މަސައްކަތް ކުރާ މީހުންނެވެ. އަދި އެމީހުން ކުރާ މަސައްކަތް މީޑިއާ އާއި ހިއްސާ ކުރެއެވެ. އިޖްިތމާއީ މަސައްކަތް މީޑިއާ އަށް ހާމަނުކުރާ ފަންނާނުން ބޮލީވުޑުން ވަރަށް ނުފެނެއެވެ. ތާއީދު ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް އިންސާނިއްޔަތަށް ކުރާ މަސައްކަތް މީޑިއާ އަށް ހާމަކުރުމަކީ ބޮލީވުޑުގައި ވަރަށް އާއްމު ކަމެކެވެ.

ނަމަވެސް މަޝްހޜު ތަރި ކަޓްރީނާ ކައިފް އޭނަ ކުރާ އެފަދަ މަސައްކަތް މިޑިއާ އާއި ހިއްސާ ކރުާކަށް ބޭނުމެއް ނޫނެވެ. އަންހެން ކުދީންނަށް ތައުލީމް ފޯރުކޮށްދިނުމަށް އޭނާ ގިނަގުނަ އެހީތައް ފޯރުކޮށްދެއެވެ. އޭނާ މިކަން ކުރަނީ ވަރަށް ސިއްރުންނެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަޓްރީނާގެ އާމްދަނީ އިން ބައެއް ތަމިލް ނާޑޫގައި ހުންނަ ސްކޫލަކަށް ހަދިޔާ ކުރެއެވެ. ތަމިލް ނާޑޫގައި ހުންނަ މައުންޓެިން ވިއު ސްކޫލް ތަރައްގީ ކުރުމަށް އެނާގެ އާމްދަނީ އިން ބައެއް ހޭދަކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް އޭނާ މީޑިއާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

ކަޓްރީނާ އަށް ލިބޭ ހުސްވަގުތުގައި މި ސްކޫލަށް ޒިޔާރަތް ކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ކޮންމެ މަހަކު ބަރާބަރަށް ފައިސާ ހަދިޔާ ކުރެއެވެ. މި ސްކޫލަކީ އޭނާގެ މަންމަގެ ޖަމިއްޔާ އިން ހިންގާ ސްކޫލެއް ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ކަޓްރީނާގެ މަންމަ އަކީ ފޯރުންތެރިކަން ނެތް ފަގީރު އަންހެން ކުދީންނަށް ތައުލީމު ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ މީހެކެވެ. އިނގިރޭސި ބަހުން ތައުލީމު ފޯރުކޮށްދިނުމަކީ ވެސް އޭނާގެ ޖަމިއްޔާގެ އަމާޒެކެވެ. ފަގީރު ސަރަހައްދުތަކުގެި ދިރިއުޅޭ ކުދީންނަށް މިފަދަ އެހީތެރިކަން ނުލިބި އިނގިރޭސި ބަހުން ތައުލީމު އުނގެނުމަކީ ނާދިރު ކަމެކެވެ.

ސްކޫލަށް ޒިޔާރަތްކޮށް ސްކޫލުގައި ވަގުތު ހޭދަ ކުރުމާއި އާމްދަނީ އިން ބައެއް ހޭދަ ކުރުމުގެ އިތުރުން ކަޓްރީނާ ވަނީ އޭ.އާރް. ރަހްމާން އާ އެކު ނާރްސަރީ ރައިމްސް އަށް ވެސް އަޑު އަޅާދީފައެވެ. އަންހެން ކުދީންނަށް ފެންވަރު ރަނގަޅު ތައުލީމު ލިބުމުގެ ފުރުސަތު ފަހިކޮށްދޭން އޭނާ ސިއްރުން މަސައްކަތް ކުރާ ކަން އެނގުމުން އޭނާއަށް އޮތް ތާއިދާއި އިހްތިރާމް މިހާރަށްވުރެ އިތުރުވާނެ ކަން ޔަގީނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.