މީހަކުނެތް ކަމަށް ބެލެވޭ ބޯޓެއް ހުވަދު އަތޮޅުގެ ފަރަކަށް އަރައިފި

މީހަކުނެތް ކަމަށް ބެެލެވޭ ބޯޓެއް ގއ. ހަގެވިއްލާ ކައިރީގައި އޮންނަ ފަރަކަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެބޯޓު ފަރަށް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:30 އެހައިކަންހާއިރު ކަމަށެވެ.

މިބޯޓުގެ ބޭރުން ބަލާއިރު އެއްވެސް ބައެއްގެ ހިލަމެއް ނުވާކަމަށާއި ބޯޓަށް އަރައި އެތެރޭގައި ބަޔަކުތިބިތޯ ބެލުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ ރާއްޖެއިން ބޭރުގެ ބޯޓެއް ކަމެއް ނުވަތަ ރާއްޖޭގެ ކުންފުންޏެއްގެ ބޯޓެއް ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ. "ފަރަށް އަރައިފައިވާ ބޯޓަކީ ބޭރުގެ ބޯޓެއްތޯ އަދި ރާއްޖޭގެ ކުންފުންޏެއްގެ ބޯޓެއްތޯ ސިފައިން ދަނީ ބަލަމުން،" އާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.