
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ރަނިންމޭޓުންނަށް ހޮނިހިރު ދުވަހުން ފެށިގެން ސެކިޔިރިޓީ ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ގާނޫނާ އެއްގޮތްވާ ގޮތުމުގެ މަތިން މިމަހުގެ 18 ވާ ހޮނިހިރު ދުވަހުން ފެށިގެން ރިޔާސީ ކެންޑިޑޭޓުންނަށާއި ރަނިންމޭޓުންނަށް ސެކިޔުރިޓީ ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އެވެ. އެމަނިކުފާނުގެ ރަނިންމޭޓަކީ ޖުމްހުރީޕާޓީގެ ފައިސަލް ނަސީމް އެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.